ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޢިމާރާތަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އިން މަޝްވަރާ ކޮށްފިއެވެ.
އާރުޑީސީން އެކްސްގައި ހިއްސާ ކުރި ޕޯސްޓުގައި ބުނީ ޕީއެސްއެމްގެ ޢިމާރާތަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އާރުޑީސީން ވަނީ މިއަދު ޕީއެސްއެމްއާ ބައްދަލުކޮށް އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ކަމަށެވެ.
އާރުޑީސީން ބުނީ އެ ބައްދަލުވުމުގައި ދެ މުއައްސަސާއަށް އެކުގައި މަސައްކަތްކުރެވިދާނެ އެހެނިހެން ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ބޯކޮށް ވާރޭ ވެހޭ ވަގުތު ތަކުގައި ޕީއެސްއެމްގެ ޢިމާރާތް ތެރޭގައި ފެން ބޮޑުވާ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. މިކަމުގެ ސަބަބުން ފެން ހިއްކަންޖެހި، އިމާރާތަށް ވަދެ ނިކުމެ އުޅެންވެސް ދަތިތަކާ ކުރިމަތިވެއެވެ.
https://twitter.com/rdcmaldives/status/1889314428375708018
ޕީއެސްއެމްގެ މެނޭޖްމަންޓުން ފާހަގަކުރި ގޮތުގައި މިކަމުގެ ސަބަބުން ވޭތުވެދިޔަ 6 އަހަރުގެ ތެރޭގައި އިމާރާތުގެ މަރާމާތަށް އަދި ބޭނުންކުރާ ތަކެއްޗަށްވެސް ވަނީ ވަރަށް ބޮޑެތި ގެއްލުން ލިބިފައެވެ.






