Saturday, October 31
ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިވެކް އާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިވެކް އާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ސްޓެލްކޯއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އެކި ދާއިރާތަކުން ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާއިއެކު މިއަދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައި ކަމަށެވެ.

މި ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އެވެ. އަދި ސިވެކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކާނަލް އަޙުމަދު ޒުބައިރެޒުބައިރެވެ.

ސްޓެލްކޯއިން ބުނީ މި ފަހުމުނާމާގެ ދަށުން ސިފައިންގެ އެހީގައި ސްޓެލްކޯގެ މުވައްޒަފުންނަށް ވަނީ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައި ކަމަށެވެ.

https://twitter.com/STELCOMALDIVES/status/1889266812296282580

އޭގެތެރޭގައި ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް، ބޭސިކް ފަސްޓް އެއިޑް، ފަޔަރ އެވެއާނެސް، އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް، ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިންގ، ސުވިމިންގް އެންޑް ރެސްކިއު އަދި ލައިފް ކޯޗިންގ ޕްރޮގްރާމްތައް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު