Saturday, October 31
އިފާޑްގެ ގަވަރނިންގ ކައުންސިލް ބައްދަލުވުމަށް މިނިސްޓަރ މާރިޔާ އިޓަލީއަށް
އިންޓަރނޭޝަނަލް ފަންޑު ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގެ 48 ވަނަ ގަވަރނިންގ ކައުންސިލް މީޓިންގ ގައި ބައިވެރިވެވަޑައިނެވުމަށް  ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އިޓަލީއަށް މިއަދު ފުރާވަޑައިގެންފިއެވެ. މި މަހުގެ 12 ން 13 ށް، އިޓަލީގެ ރޯމްގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ، މި ބައްދަލުވުމަކީ ޚާއްސަކޮށް ޖަޒީރާ ޤައުމުތަކުގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އުސޫލުތައްކަށް ގެނެވިދާނެ ހެޔޮ ބަދަލުތަކާއި ހަރުދަނާކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން، ބާއްވާ ބައްދަލުވުމެއް ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން މައުލޫމާތުދެއެވެ. މި ބައްދަލުވުމުގައި އެކި ޤައުމުތަކުގެ ވަޒީރުންނާއި، ސްޓޭޓުންގެ އިތުރުން ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން ބައިވެރިވެ، ތަޖްރިބާ ހިއްސާކޮށް،  އެކި ކަންކަމުގައި މަޝްވަރާތައް ކުރިޔަށް ގެންދެވޭނެއެވެ. މިފަދަ ބައްދަލުވުންތަކުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި، އިރުުޝާދުގެ އަލީގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވާ، ހަރުދަނާ ކުރުމަށް އެހީއަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީން ދެކެެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު