Saturday, October 31
ހުޅުމާލެ ފޭސް ދޭއްގެ އިރުމަތި ފަރާތު މޫދު ކައިރީ ސަރަހައްދަށް ވަނުން މަނާކޮށްފި

ހުޅުމާލެ ފޭސް ދޭއްގެ އިރުމަތި ފަރާތު މޫދު ކައިރީ ސަރަހައްދަށް ވަނުމަކީ މަނާ ކަމެއް ކަމުގައި ހަައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިކަމާ ގުޅިގެން ނެރުނު އިއުލާންގައި ބުނީ އެ ސަރަހައްދަކީ މިވަގުތު ޗެނަލް 2 ގެ މަސައްކަތްތައް ކުރަމުންދާ ސަރަހައްދެއް ކަމަށާއި، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ހެވީ ވެހިކަލްތައް ވެސް ދަނީ ބޭނުންކުރަމުން ކަމަށެވެ.

އެހެންކަމުން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދައް ވަނުމަކީ މަނާ ކަމެއް ކަމަށް އެ އިއުލާނުގައި އަންގާފައިވެއެވެ.

އަދި އެ ސަރަހައްދުގައި މަސައްކަތް ކުރާ ފަރާތްތައް ފިޔަވައި އެހެން ބޭނުމެއްގައި އެ ސަރަހައްދަށް ވަންނަން ޖެހިއްޖެނަމަ އެޗްޑީސީގެ ހުއްދަ ލިޔުމުން ހޯދުމަށް އެ އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ އެޗްޑީސީން ދޭ ހުއްދައިގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް އަމަލުކޮށް އެ ސަރަހައްދަށް ވަންނައިރު ސަލާމަތީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު