Saturday, October 31
ހައިވޭ އެކްސިޑެންޓުގެ މައްސަލަ ތަޙުޤީޤުކޮށް ޕީޖީއަށް ފޮނުވުމަށް ދަނީ މަސައްކަތްކުރަމުން: ފުލުހުން

މިމަހުގެ އެއްވަނަ ދުވަހު ސިނަމާލެ ހައިވޭގައި ހިނގި އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކޮށް ޕީޖީއަށް ފޮނުވުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން އާންމުކުރި ބަޔާނެއްގައި ބުނީ އެ ހާދިސާގައި މަރުވީ ބަންގްދަލަދޭޝް އަށް ނިސްބަތްވާ ޖާވިދު ޗައުދަރީ 30، ކަމަށެވެ.

ހާދިސާ ހިނގާފައި ވަނީ ޗައުދަރީ ދުއްވަމުން ދިޔަ ސައިކަލު ހައިވޭގައި ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި އޭނާ ވެއްޓުނު ވަގުތު ފަހަތުން އައި އެހެން ސައިކަލަކުން ޗައުދަރީގެ ބޮލުގައި ޖެހުމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާ އާ ގުޅިގެން ފަހަތުން އައި ސައިކަލު ދުއްވަން އިން މީހާގެ ލައިސެންސް ހިފަހައްޓައި އޭނާ ދުއްވި ސައިކަލު ޓޯ ކޮށްފައިވާ ކަމަށާއި، ކޯޓު އަމުރެއްގެ ދަށުން ލައިސެންސް ހިފަހައްޓިފައިވާ މުއްދަތު މިހާރު އިތުރު ކޮށްފައިވާ ކަމަށެވެ.

ޗައުދަރީ ގައިގައި ފަހަތުން އައި ސައިކަލު ޖެހި އެކްސިޑެންޓުވުމުން، އެ ސައިކަލު ދުއްވަން އިން މީހާ އެ ސަރަހައްދުގައި މަޑު ކުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކޮށް ފަހަތުން އައި ސައިކަލުގެ ދުވެލި ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު