Saturday, October 31
ބީއެމްއެލް އިން ގްރީން ރިސޯޓް ފައިނޭންސިންގ ހިދުމަތް ތައާރަފްކޮށްފި
ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން '"ގްރީން ރިސޯޓް ފައިނޭންސިންގ"' ތައާރަފްކޮށްފިއެވެ. ގްރީން ރިސޯޓް ފައިނޭންސިންގ  ތަޢާރަފްކޮށްފަިއވަނީ އިއްޔެ ބޭއްވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އަހަރީ އާންމު ބައްދަލުވުމުގައެވެ. ގްރީން ރިސޯޓް ފައިނޭންސިން ފެސިލިޓީގެ ދަށުން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި އެނަރޖީ އެފިޝެންޓް އިކުއިޕްމެންޓް ހޯދުމާއި ކުނި މެނޭޖްކުރުން ފަދަ ދެމެހެއްޓެނިވި މަޝްރޫޢުތައް ހިންގުމަށް ރިސޯޓުތަކުން ބޭނުންވާ ފައިނޭންސް ފޯރުކޮށްދެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މަޢުލޫމާތު ދެއެވެ. ގްރީން ރިސޯޓް ފައިނޭންސިންގެ ގެ ދަށުން 50 މިލިއަން ރުފިޔާއާ ހަމައަށް އޯވަރޑްރާފްޓް ފެސިލިޓީ ދޫކުރާއިރު އިންޓްރެސްޓް ރޭޓް ހުރީ 6.5 އިން ސައްތައިގައެވެ. ގްރީން ރިސޯޓް ފައިނޭންސް ފެސިލިޓީ ހާއްސަކޮށް ފަރުމާކޮށްފައި ވަނީ ރިސޯޓުތަކަށް ބޭނުންވާ ދެމެހެއްޓެނިވި ހައްލުތަކެއް ގާއިމުކުރުމާއެކު ހިންގުމުގެ ހަރަދުތައް ފަސޭހައިން މެނޭޖްކުރެވޭނެ ފައިނޭންސިންގ އެއް ހޯދައިދިނުމަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މައުލޫމާތުދެއްވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު