Saturday, October 31
އެސްޓީއޯގެ ލުނބޯ ޝިޕްމެންޓް ރާއްޖެ ގެނެސްފި

ރަމަޟާން މަހަށް ހާއްސަކޮށް އެސްޓީއޯއިން ލުނބޯ ޝިޕްމެންޓެއް ރާއްޖެ ގެނެސްފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމްހާދު އިބްރާހިމް ވިދާޅުވީ އެސްޓީއޯއިން ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދުރާލާ ތައްޔާރުވަމުންދާ ކަމަށެވެ.

އެގޮތުން އަގު މައްޗަށް ދާ ބާވަތްތައް ދެނެގަނެ, ދުވަހުން ދުވަހަށް ބާޒާރުގެ އަގުތައް މޮނިޓާ ކުރަމުންދާ ކަމަށް ޝިމްހާދު ވިދާޅުވި އެވެ.

އަދި ލުނބޯގެ ފުރަތަމަ ޝިޕްމެންޓް މިހާރު ލިބިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯ އިން ބުނީ ރަމަޟާން މަހުގައި އަގުތައް މައްޗަށް ދިއުން ހުއްޓުވުމަށްޓަކައި، އާންމު ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ކާބޯތަކެތީގެ އޯޑަރުތައް ކުރިއާލާ ކުރެވިފައިވާ ކަމަށެވެ.

މިގޮތުން ފުރަތަމަ ޝިޕްމެންޓް މި މަހުގެ ކުރީކޮޅު މާކެޓަށް ނެރެވޭނެ ކަމަށާއި އަދި އެއަށް ފަހުވެސް ގަވައިދުން އެހެނިހެން ޝިޕްމެންޓްތައް ގެނެވޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު