Saturday, October 31
ދަނޑުވެރިކަމުގެ ސިނާޢަތަށް ޒުވާނުންގެ ބައިވެރިވުން އިތުރުކުރަންޖެހޭ: ޑރ. މާރިޔާ

ދަނޑުވެރިކަމުގެ ސިނާޢަތަށް ޒުވާނުންގެ ބައިވެރިވުން ބޮޑުތަނުން އިތުރުކުރަންޖެހޭ ކަމަށް އެގްރިކަލްޗަރ މިިސްޓަރ ޑޮކްޓަރ މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ "ކޮންފަރެންސް އޮން ކްލައިމެޓް ރިޒިލިއަންޓް އެގްރިކަލްޗަރ ފޯރ ފުޑް ސެކިއުރިޓީ" ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ގެ ވާހަކަފުޅުގައި ވިދާޅުވީ ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދަނޑުވެރިކަން ހިއްސާކުރަނީ 1.2 އިން ސައްތަ ކަމަށެވެ. ރާއްޖޭގައި 7600 ދަނޑުވެރިން ދަފްތަރުކޮށްފައިވާއިރު، ޒުވާނުންގެ ނިސްބަތަކީ 6.9 އިން ސައްތަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" ރާއްޖޭގައި 7600 ދަނޑުވެރިން ދަފްތަރުކޮށްފައިވާއިރު، އޭގެތެރެއިން ޒުވާނުންގެ ނިސްބަތަކީ %6.9. ރާއްޖޭގައި ކާބޯތަކެތި އިމްޕޯޓްކުރާ ނިސްބަތް %90އަށް އަރާ. އެހެންވީމަ ދެމެހެއްޓެނިވިގޮތެއްގައި ދާއިރާ ފުޅާކުރަން ޒުވާނުން މި ދާއިރާއަށް ޝަޢުގުވެރިކުރުވާ، ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ." މނިސްޓަރ މަރިޔަމް މާރިޔާ ވިދާޅުވިއެވެ.

ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ވަރަށް ގިނަ ގޮންޖެހުންތައް ހުރިކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ރަށްރަށުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ ޓެކްނިކަލް މަޢުލޫމާތު އެކަށީގެންވާ ގޮތުގައި ލިބިފައި ނެތުމަކީ ތިމާވެއްޓާ ރަށްޓެހި ދަނޑުވެރިކަމެއް ކުރުމަށް އަޮތް ބޮޑު ގޮންޖެހުންކަމަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިކޮންފަރެންސްގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ، އިސްލާމިކް އޮގަނައިޒޭޝަން ފޯރ ފުޑް ސެކިއުރިޓީ އަދި ކަމާއި ގުޅުންހުރި ދާއިރާތަކުގެ ޓެކްނިކަލް ބޭފުޅުންގެ އިތުރުން މިދާއިރާއިން ތަޢުލީމު ހާސިލްކުރާ ދަރިވަރުން ބައިވެރިވެރިވެއެވެ. މިކޮންފަރެންސްގެ ނިންމުންތަކާ މަޝްވަރާތައް، ޕޮލިސީ ލެވެލެއްގައި ސަރުކާރުގެ ކަމާއިގުޅުންހުރި ފަރާތްތަކަށް ހުށައަޅާނެއެވެ.

ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓް ޠާރިޤް އިބްރާހީމާއި، ފިޝަރީޒް މިނިސްޓަރ އަޙުމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު