Saturday, November 14
ހިޔާގެ ބައެއް ޓަވަރުން ފެން ކެނޑިއްޖެ!
ހިޔާ ފްލެޓްތަކަށް ފެން ފޯރުކޮށްދޭ ބޫސްޓަރ ޕަމްޕް ސިސްޓަމަށް ދިމާވި ކަރަންޓްގެ މައްސަލައަކާއި ގުޅިގެން ބައެއް ހިޔާ ޓަވަރުތަކުން ފެން ކެނޑިއްޖެއެވެ. މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ( އެމް.ޑަބްލިޔު.އެސް.ސީ) ން ބުނީ ހިޔާ ޓަވަރު 1 އިން 8 އަށް ފެނުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. މި މައްސަލަ  ވީހާވެސް އަވަހަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. މިކަމުން ދިމާވާ ދަތިތަކަށް އެކުންފުނިން ވަނީ މަޢާފަށްވެސް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު