އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ ދިރިއުޅުއްވާ ގޭގައި ބޮޑުކުރި ރުކެއް ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިންދައިފިއެވެ.
ކެރޮންގެ ފަސް އަހަރުގެ ސަފީރުކަމުގެ ދައުރު ފުރިހަމަކުރެއްވުން ފާހަގަކުރުމުގެ ގޮތުން މި ރުއް ސެންޓްރަލް ޕާކުގައި އިންދާފައިވަނީ މިއަދެވެ. މިއީ ބ. ހިތާދޫން ގެނައި ކާއްޓަކުން ފެޅި ރުކެއް ކަމަށް ރާއްޖޭގައި ހުންނަ އިނގިރޭސި ހައި ކޮމިޝަނުން ހާމަކުރެއެވެ.
މިގޮތުން ކެރޮން އަށް އަލްވަދާޢު ކިޔުމަށް މިއަދު ބޭއްވި ރުއް އިންދުމުގެ ހަރަކަތުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖްމަންޓް އަދި މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.
ކެރޮން ރޮސްލަރއަކީ ރާއްޖޭގައި ޤާއިމުވެ ހުންނަވާ ގޮތަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅި ފުރަތަމަ ސަފީރެވެ. އެ ކަމަނާ ސަފީރުކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
މި ލިޔުން ކިޔާލުމުން