ޝަރީޢަތް އަވަސްކޮށް، މުއްދަތެއް ނެތި ނުޙައްޤުން ޖަލުގައި ބޭތިއްބުން ނިމުމަކަށް ގެނައުމަށް ގޮވާލާ އޮންލައިން ކެމްޕޭނެއް ހިންގުމަށް ޔޫތު ފޮރ ޔުނިޓީން ނިންމައިފިއެވެ.
މިގޮތުން ޔޫތު ފޮރ ޔުނިޓީން ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި މާދަމާ ކުރިއަށްގެންދާ މި ކެމްޕޭންގައި ބައިވެރިވުމަށް އާންމުންނަށް ގޮވާލައިފައެވެ. "އެކްސް ސްޓޯމް" ގެ ނަމުގައި ބާއްވާ މި އޮންލައިން ކެމްޕޭން ފެށޭނީ 12 ޖަނަވަރީ 2025 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 9:00 ގައެވެ.
ބޭއިންސާފުން މީހުން ބަންދުގައި ބޭތިއްބުމާ ދެކޮޅަށް ޔޫތު ފޮރ ޔުނިޓީން ވަނީ ރޭ 8:30 ގައި މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައިވެސް އިހުތިޖާޖު ކޮށްފައެވެ.
"އަނިޔާވެރިކަމާ ދެކޮޅަށް"، މި ނަމުގައި ރޭ އިހުތިޖާޖުކޮށްފައިވާއިރު، ވާނުވާ ބަންދުގައި މީހުން ބޭތިއްވުން ނިމުމަކަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
މި ލިޔުން ކިޔާލުމުން
1 ކޮމެންޓު
ވާނުވާ އުވާލާ ސަރިއަތްތައް އަވަސްކުރޭ ރައީސްގެ ވައުދުފުޅުފުއްދަވާ އެއީ އިސްލާމީ ރީތިއުސޫލު އަވަހައް ފުއްދަވާ. ހާލުގަ ޖެހިފަތިބިދަރިން ވަރައްގިނަ ވާނުވާކަންތައް ަވަސްކޮށްދެއްވާނެ ކަމައްއުންމީދުކުރަން.
މި ލިޔުން ކިޔާލުމުން