Saturday, October 31
ބޯކޮށް ވާރޭ ވެހޭނެ ކަަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ރާއްޖޭގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުން، ށ.އަތޮޅުން ތ.އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު 9:00 އިން ފެށިގެން 13:00 އަށެވެ.

މީގެއިތުރުން ހއ.އަތޮޅުން ފެށިގެން ލ.އަތޮޅަށް 8:45 އިން މެންދުރުފަހު 14:00 އަށް ވަނީ ހުދު ސަމާލު ނެރެފައެވެ.

މި ހުރިހާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު އެންމެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައިވަނީ މާލެއާއި ހުޅުލެއާއި އއ.ތޮއްޑުއަށެވެ. މާލެއަށް 130.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހުޅުލެއަށް 79.5 މިލިމީޓަރު، ތޮއްޑުއަށް 70.3 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު