Saturday, October 31
މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފި

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ފިރިހެނެކެވެ.

ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ އެ މީހާ ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބަރުދަނުގައި 109 ގްރާމު ހުރިކަމަށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވެއެވެ.

އެތަކެތި ފެނިފައިވަނީ އޭނާ ގެނައި ދެ ލަގެޖުގެ އަތްގަނޑުގެ ދަަަށަށް ވާ ގޮތަށް އައްސާފައިވާ ކޮތަޅެއްގެ ތެރެއިންނެވެ.

ކަސްޓަމްސްއިން އެ ތަކެތި ބަލައި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވްވެފައެވެ.

މި މައްސަލާގައި އޭނާ 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން، އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓު ކުރިއިރު މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފައެވެ.

އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮތް މީހެއްކަން ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު