އަންނަ ފެބްރުއަރީ މަހުގެ 9 ގައި ބާއްވަން ހަމަޖެހިފައިވާ ބައި-އިލެކްޝަންތަކުގައި ކެންޑިޑޭޓުންގެ މަންދޫބުންނާއި، އޮބްޒާވަރުންނާއި، މޮނިޓަރުންނަށްވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވައިލައިފިއެވެ.
ފެބްރުއަރީ މަހުގެ 9 ގައި ބާއްވަން ހަމަޖެހިފައިވަނީ 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކާއި، ނ.ލަންދޫ ކައުންސިލުގެ އަންހެން މެންބަރު ހޮވުމުގެ ބައި-އިލެކްޝަނެވެ.
އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވާ ރަށްތައް:
ގއ. ކަނޑުހުޅުދޫ ލ. ގަމު ނ. މިލަދޫ ނ. ފޮއްދޫ ދ. ހުޅުދެލި ރ. އިންނަމާދޫ ތ. ބުރުނި ބ. ގޮއިދޫ އދ. ހަންޏާމީދޫ ހދ. ހިރިމަރަދޫ
މި އިންތިޚާބުތަކުގައި ކެންޑިޑޭޓުންގެ މަންދޫބުންނާއި، އޮބްޒާވަރުންނާއި، މޮނިޓަރުންނަށްވުމުގެ ފުރުސަތު ހުޅުވައިލައިފައިވަނީ ޖަނަވަރީ 18 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
މިކަމަށް އެދޭ ފޯމުތައް މެއިލްކުރާނީ އީސީގެ omc@elections.gov.mv އީމެއިލަށެވެ.
މިކަމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމުތައް އީސީގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެއެވެ.






