Saturday, October 31
ވެލިޑޭޓްކޮށް ހަވާލުނުވެ ހުރި ސަނަދުތައް ގެންދިއުމަށް އެމްކިޔުއޭ އިން އަންގައިފި

އެކިއެކި ފަރާތްތަކުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ވެލިޑޭޓްކޮށްފައި ހުރި ސަނަދުތަކުގެ ތެރެއިން ވެރިފަރާތުން ހަވާލުނުވެ ހުރި ސަނަދުތައް ގެންދިއުމަށް އެ އޮތޯރިޓީން އަންގައިފިއެވެ.

އެމްކިޔުއޭ އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ އޮތޯރިޓީ އަށް ހުށަހަޅައިގެން ވެލިޑޭޓް ކޮށްފައިވާ ސަނަދުތަކުގެ ތެރޭގައި، ކުރިން ވެލިޑޭޓް ކޮށްފައިވާ ގިނަ ސަނަދުތަކެއް ވެރިފަރާތުން ނުގެންގޮސްވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، 31 ޑިސެމްބަރ 2022 ގެ ކުރިން ވެލިޑޭޓް ކޮށްފައިވާ ސަނަދުތައް، 31 ޖުލައި 2025 ގެ ކުރިން ސަނަދުތަކާއި ވެރިފަރާތުން ހަވާލުވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

މީގެ އިތުރުން މި މުއްދަތުގައި ނުގެންދާ ސަނަދުތައް ފައިލް ކުރެވޭނެ ކަމަށާއި، 31 ޖުލައި 2025 ގެ ފަހުން އެ ތާރީޚުގެ ސަނަދެއް ބޭނުންވެއްޖެނަމަ އަލުން އާ އެޕްލިކޭޝަނެއްގެ ގޮތުގައި އެ އޮތޯރިޓީއަށް ހުށަހަޅައިގެން ވެލިޑޭޓް ކުރުމުގެ ޕްރޮސެސް ކުރިއަށް ގެންދިއުމަށް އެމްކިޔުއޭ އިން ވަނީ އެދިފައެވެ.

އަދި މިއާއެކު، ވޭތުވެދިޔަ ދެ އަހަރު ކަމުގައިވާ 2023 އަދި 2024 ގައި ވެލިޑޭޓްކޮށް ވެރިފަރާތުން ހަވާލުނުވާ ސަނަދުތައްވެސް ވީ އެންމެ އަވަހަށް ވެރިފަރާތުން ހަވާލުވުމަށްވެސް އެ އޮތޯރިޓީން ވަނީ އަންގައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު