Saturday, October 31
އެފްއެސްއެމްގެ ތެޔޮ ބޯޓެއް ނިލަންދޫ ފަރަށް އަރައިފި

ސަރުކާރުގެ ތެޔޮ ކުންފުނި ކަމަށްވާ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ބޯޓެއް ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫގެ ހުޅަނދު އުތުރު ފަރަށް އަރައިފިއެވެ.

ނިލަންދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި މި ބޯޓު ވަނީ ވަރަށް ބޮޑަށް ފަރު މައްޗަށް އަރައިފައެވެ. އަދި އެ ބޯޓު ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ. އަދި މި ބޯޓު ފުންކުރަން އެފްއެމްސްގެ އިތުރު ބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، މި ހާދިސާއާ ގުޅިގެން މޫދަށް ތެޔޮ ލީކުވި ކަމުގެ މަޢުލޫމާތެއް އަދި ނުލިބެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު