Saturday, November 7
ވިއެޓްނާމްއަށް ޗުއްޓީ އަށްދިޔަ ދެމީހުން މަރުވެފައި އޮތްވާ ފެނިއްޖެ

ޓޫރިސްޓުންގެ ތެރޭގައި މަޝްހޫރު ޤައުމެއްކަމަށްވާ ވިއެޓްނާމުގެ ހޮލިޑޭ ވިލާއެއްގައި ދެމީހުން މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

އެއީ އިނގިރޭސި ވިލާތުގެ އަންހެނަކާއި ސައުތު އެފްރިކާގެ ދެމީހުންނެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ އެކުގައި ޗުއްޓީ ހޭދަކުރަމުން އައި ދެމީހުން މަރުވެފައި އޮތްވާ ފެނުނީ ދެ ކޮޓަރިންނެވެ.

ގްރެޓާ މާރީ އޮޓެސަން، 33، ނަމަކަށް ކިޔާ އަންހެން މީހާ އަކީ ސޯޝަލް މީޑިއާ މެނޭޖަރެކެވެ. 36 އަހަރުގެ ފިރިހެންމީހާ، ކުއިންޓަން އަކީ މިއުޒީޝަނެއްގެ އިތުރުން ލައިވްސްޓްރީމަރެކެވެ. މި މީހުން މަރުވެފައިއޮތްވާ ފެނުނީ  ވިއެޓްނާމްގެ މެދުތެރޭ ސަރަހައްދުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ހޮއި އާންގައި ހުންނަ ހޮޓަލެއްގެ ދެ ކޮޓަރި ތެރެއިންނެވެ.

މި މީހުން މަރުވެފައި އޮތްވާ ފެނުނީ މި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

ތަހްޤީޤް ޓީމްތަކަށް މިހާތަނަށް ފާހަގަކުރވިފައިވާ ގޮތުގައި ބޭރުފުށުން އެއްވެސް ހާނީއްކައެއް އެމީހުންނަށް ލިބިފައިނުވެއެވެ. އަދި ކޮޓަރިއަށް ވެސް އެއްވެސް ގެއްލުމެއް ދީފައިހުރި ކަމުގެ ނިޝާނެއް ފެންނަން ނެތެވެ.

އިނގިރޭސި ވިލާތުގެ ފޮރިން އޮފީހާއި ޙަވާލާދީ ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންގިރޭސި ސަރުކާރުން ދަނީ އެ އަންހެންމީހާގެ އާއިލާއަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެދެމީހުން މިދިޔަ ހޫނު މޫސުމުން ފެށިގެން "ކެމް ތަން ކޮމިއުންގައި" ހުންނަ ހޯއާ ޗުއޮންގް ވިލާގައި ދިގު މުއްދަތަކަށް ވަގުތީ ގޮތުން ދިރިއުޅެން ރަޖިސްޓްރީކޮށްފައިވާ ކަމަށް ބީބީސީން ވަނީ ރިޕޯޓްކޮށްފައެވެ.

ވިއެޓްނާމްގެ ފުލުހުން ދަނީ މިޙާދިސާ ތަހްޤީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު