ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ގެ ބޭބެ، ހ. އަދުންގެ / ކ. މާލެ، އިބްރާހީމް ޝަމީމް ނިޔާވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން އަނދުން ޙުސައިން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައިވާ ގޮތުން އިބްރާހީމް ޝަމީމްގެ މައްޗަށް ކުރެވޭ ކަށު ނަމާދު ކުރުން އޮންނާނީ މިރޭ ޢިޝާ ނަމާދުގެ ފަހުގައި މާލޭ އާސަހަރާ މިސްކިތުގައެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
މާތް ﷲ ތުއްތުބޭގެ ފާފަ ފުއްސަވައިދެއްވައި ރަޙްމަތްލައްވައި ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށި! އަދި މައްޔިތާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި! ކަށްވަޅުގައި މައްޔިތާއަށް ސާބިތުކަން ދެއްވާށި އާމީން pic.twitter.com/ZKZMKmyALz— Hussain Shaheem (@AndhunHussain) January 3, 2025
އަނދުން ޙުސައިންގެ ބޭބެ ނިޔާވުމާ ގުޅިގެން ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީން) ވަނީ ތަޢުޒިޔާ ދަންނަވައިފައެވެ.
މިގޮތުން އެމްޑީޕީ ސެކްރެޓޭރިއަޓުން ކުރި ޕޯސްޓުގައި ބުނެފައިވަނީ އަނދުން ޙުސައިންގެ ލޮބުވެތި ބޭބެ ހ.އަދުންގޭ އިބްރާހީމް ޝަމީމް ނިޔާވުމުގެ ފުން ހިތާމައިގައި އެ ޕާޓީން ބައިވެރިވާ ކަމަށެވެ.
"އަދި، މާތް الله މަރުޙޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރަމެވެ. ކަށުނަމާދުގައި ވީހާ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިޕާޓިގެ ވަރަށް ބޮޑު އެދުމެކެވެ."، އެ ޕޯސްޓުގައި ވެއެވެ.
މި ލިޔުން ކިޔާލުމުން