Saturday, October 31
އެމްއެންޑީއެފުން ފަސްޓް އެއިޑް ކުލާހެއް ކުރިއަށް ގެންގޮސްފި

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި ތ. ގުރައިދޫ ކައުންސިލް ގުޅިގެން ފަސްޓް އެއިޑް ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.

ތ. ގުރައިދޫގެ ކައުންސިލްގެ އިސްނެންގެވުމުގެ މަތިން މިއަދު ކުރިއަށް ގެންދިޔަ މި ކުލާހަކީ އެ ރަށުގެ މަސްވެރިންނާއި އާންމު ފަރާތްތަކަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދިޔަ ކުލާހެކެވެ. މި ކުލާހުގައި އުނގަންނައިދިން ބައިތަކުގެ ތެރޭގައި، ބޭސިކް ފަސްޓްއެއިޑް، ސީޕީއާރުގެ އިތުރުން ފްރެކްޗަރއާ ބެހޭ މަޢުލޫމާތު ހިމެނޭ ކަމަށް އެ މުއައްސަސާއިން ހާމަކުރެއެވެ.

35 ފަރާތެއް ބައިވެރިވި މި ކުލާހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ މުދައްރިބުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު