Thursday, November 5
ތިމަރަފުށީގައި މާރާމާރީ ހިންގި ފަސް މީހަކު ހައްޔަރުކޮށްފި

ތ. ތިމަރަފުށީގައި މާރާމާރީއެއް ހިންގި މައްސަލައަކާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ތިމަރަފުށީ ގެއަކަށް ވަދެ މާރާމާރީއެއް ހިންގި ކަމުގެ ރިޕޯޓު އިއްޔެ 13:27 ހާއިރު ލިބިފައިވާ ކަމަށާއި، އެ މައްސަލައާ ގުޅޭގޮތުން ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، ޖަހާމުގުރިގެ، އަހުމަދު އަމީން (36އ) އާއި ތ. ތިމަރަފުށި، ސަލްވާ، އަހުމަދު ޝަހުދީ (38އ) އާއި ކ. މާލެ، ވ. ވަވަތް، މުހައްމަދު ރައޫފު (54އ) އާއި ތ. ތިމަރަފުށި، ގުލްބަކާވިލާ، އަބްދުﷲ އަޝްރަފް (39އ) އަދި ތ. ތިމަރަފުށި، ހިރި، އާޞް އިބްރާހީމް (32އ) އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު