Saturday, October 31
ކުރިއަށް އޮތީ ސަރުކާރުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އަހަރެއް: ރައީސް

ކުރިއަށް އޮތީ ސަރުކާރުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވައި ވަޒީރުކަމަށް އައްޔަންކުރެއްވި 4 ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތަށްފަހު، އެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުރިއަށްއޮތް އަހަރަކީ ސަރުކާރުގެ މަސައްކަތްތައް މިހާރަށްވުރެ އިތުރަށް ހަރުދަނާކޮށް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ އަހަރެއް ކަމަށެވެ.

މީގެއިތުރުން މިނިސްޓްރީގެ އޮނިގަނޑު އެކުލަވާލުމުގައި ބަދަލުވާ މުވައްޒަފުންނަށް ދަތިނުވާނެ ގޮތަށް ކަންކަން ހަމަޖެއްސެވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ދާދިފަހުން ކ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހުރަޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައިވަނީ މި އަންނަ އަހަރަކީ ރާއްޖޭގެ ހުރިހާ ރަށްތަކަށް ވެސް ތަރައްގީގެ ވަރަށް ގިނަ ފޮނިމީރުކަން ލިބިގެންދާނެ އަހަރަކަށް ވެގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރަށްރަށުގެ ރައްޔިތުން އެދޭ ގޮތަށް، ވައުދުތައް ފުއްދެވުމަށް އިސްކަންދެއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށާއި، 2025 އާއި 2026 އަކީ މިގޮތަށް ޕްލޭންކޮށްފައި އޮތް ދެ އަހަރު ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު