Saturday, October 31
ދެކުނުގެ އަތޮޅުތަކަށް މިއަދު ވިއްސާރަކުރާނެ: މެޓް

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަދު ވިއްސާރަކުރާނެ ކަމަށް
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ލަފާކޮށްފިއެވެ.

މިއަދުގެ މޫސުން ލަފާކުރާ ގޮތް ހާމަކޮށް، އެ އިދާރާއިން ބުނީ
ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 5 - 15 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނީ ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ 2 - 5 ފޫޓާ ދެމެދު ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު