Saturday, October 31
އިމިގުރޭޝަންގެ ޓީމު މިފަހަރު ހީނާމާގޭ ޕާކިންގ ސަރަހައްދަށް: 25 ބިދޭސީއަކު އަތުލައިގެންފި

މާލޭގެ ލޯކަލް މާރުކޭޓާއި، ހީނާމާގޭ ޕާކިންގ ސަރަހައްދަށް ޚާއްސަކޮށް އިމިގުރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 25 ބިދޭސީއަކު އަތުލައިގެންފިއެވެ.

އިމިގުރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ނުފޫޒުގަދަ ކަމަށް "އިމިގްރޭޝަން ވޮޗް" އަށް މައުލޫމާތު ލިބިފައިވާ ދެ ސަރަހައްދެއް ކަމަށްވާ މާލޭގެ ލޯކަލް މާރުކޭޓު އަދި ހީނާމާގޭ ޕާކިންގ ސަރަހައްދަށް ޚާއްސަކޮށް، ޓާސްކުފޯހުން މިއަދު ޚާއްސަ ރެއިޑު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އެގޮތުން 137 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދާ 25 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަަށް ގެންގޮސްފައިވާ ކަމަށް އިމިގުރޭޝަނުން ބުންޏެވެ.

މިއަދުގެ ރެއިޑު އޮޕަރޭޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދާއި، ޑެޕިއުޓީ ކޮންޓްރޯލަރ އަހުމަދު އަޝްފާން ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.

ލޯކަލް މާރުކޭޓު ސަރަހައްދުގައި އިއްޔެ ވެސް ވަނީ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެ އޮޕަރޭޝަނުގައި އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރާއި، އެ ސަރަހައްދުން ލަފާފުރާ އުޅަނދުފަހަރު ބަލައި ފާސްކޮށްފައިވެއެވެ.

އެގޮތުން ޖުމްލަ 148 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ 22 ފިރިހެނަކާއި، އަންހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު