Saturday, October 31
ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް އަތުލައިގަތް 582 ކިލޯގެ މިޔަރާއި މަޑިމަސް ނައްތާލައިފި

ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް އަތުލައިގަތް 582 ކިލޯގެ މިޔަރާއި މަޑިމަސް ނައްތާލައިފިއެވެ.

ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ހިފެހެއްޓި 582 ކިލޯގެ މިޔަރާއި، މަޑިމަސް މި މަހުގެ 22 ވަނަ ދުވަހު ނައްތާލައިފައިވާ ކަމަށެވެ.

މި ތަކެތި ނައްތައިލީ ކ.ތިލަފުށީ ކުނި ނައްތައިލާ ސަރަހައްދުގައެވެ.

ނައްތައިލި ތަކެއްޗަކީ ރާއްޖެއިން ބޭރުކުރުން މަނާ ތަކެތި ހުރި ކޮންޓެއިނާއެއް ބޭރުކުރަން އުޅުނު ކަމަށް ކަސްޓަމްސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ކޮންޓެއިނާ ބަލައި ފާސްކުރުމުގެ ތެރޭގައި ފެނުނު ތަކެއްޗެވެ.

ގަވާއިދާ ޚިލާފަށް މިޔަރުގެ މަސްވެރިކަން ކުރުމާއި، މިޔަރު މަހާއި އުރަހަ އެކްސްޕޯޓު ކުރުމުގެ ކަޅުބާޒާރެއް ރާއްޖޭގައި ހިނގަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.

މިޔަރުގެ ހުރިހާ ބާވަތްތަކާއި، މަޑީގެ ބާވަތްތަކަކީ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން ހިފުމާއި، ބޭނުމާއި، ނެގުން މަނާ ލިސްޓުގައި ހިމަނާފައިވާ ބާވަތްތަކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު