Saturday, October 31
އައު އަހަރާ ދިމާކޮށް ރަލާއި މަސްތުވާތަކެތީގެ މައްސަލަ އިތުރުވެދާނެތީ ޚާއްސަ އޮޕަރޭޝަނެއް ފަށައިިފި

އައު އަހަރާ ދިމާކޮށް ބަނގުރަލާއި މަސްތުވާތަކެތީގެ މައްސަލަ އިތުރުވެދާނެ ކަމަށް ބެލެވޭތީ ފުލުހުންގެ ޚިދުމަތުން ޚާއްސަ އޮޕަރޭޝަނެއް ފަށައިިފިއެވެ.

ފުލުހުން މިއަދު ބުނީ އައު އަހަރާ ދިމާކޮށް ބަނގުރަލާއި މަސްތުވާތަކެތީގެ ބޭނުންކޮށް، ވިއްކައި ވިޔަފާރިކުރުން އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެގޮތުން ޑްރަގް އެންފޯސްމަންޓާއި، ހުޅުމާލެ ޕޮލިސްއާއި، މެރިން ޕޮލިސްއާއި، ކ.އަތޮޅު ޕޮލިސް ސްޓޭޝަންތައް ގުޅިގެން އިއްޔެ ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ހުޅުމާލެ ފަޅުތެރެ ޕެޓްރޯލްކުރުމާއި، ރަށުތެރެއަށް ބަނގުރާ އަރުވައި، ބަނގުރާ ވިއްކާ ކަމަށް ޝައްކުކުރެވޭ ކެފޭ، ރެސްޓޯރަންޓްތައް މޮނީޓަރކޮށް ގާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަކީ ބަނގުރަލާއި މަސްތުވާތަކެތީގެ މައްސަލަ އިތުރުވެގެންދާ ދުވަސްވަރެކެވެ. އެގޮތުން އެފަދަ ކަންކަން ހުއްޓުވުމަށް ކޮންމެ އަހަރަކު ވެސް ފުލުހުން މިފަދަ ޚާއްސަ އޮޕަރޭޝަންތައް ކުރިއަށްގެންދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު