Saturday, October 31
ލާމުން ފެށިގެން އައްޑުއަށް ހުދު ސަމާލު ނެރެފި

ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން އެ ސަރަހައްދުތަކަށް ސަމާލު ނެރެފައިވަނީ 10:30 އިން ފެށިގެން 15:30 އާ ހަމައަށެވެ.

އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މެދުރާއްޖެތެރެއާއި އުުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެއެވެ. އަދި ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެއެވެ.

ރާޅުގެ އުސްމިން ހުންނާނީ 2 - 5 ފޫޓާ ދެމެދު ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވަނީ ގދ.ފަރެސްމާތޮޑާއަށެވެ. އެ ރަށަށް 65.1 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު