Saturday, November 14
އެމްޑަބްލިއުއެސްސީ ގެ ޑީ.އެމް.ޑީ ކަމުން ފަޒީލް ރަޝީދު ސަސްޕެންޑްކޮށްފި

ބިންވެރިޔާ ސްކީމުގެ ލިސްޓުން ބޭރުން ގޯތި ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީގެ ( އެމް.ޑަބްލިޔު.އެސް.ސީ ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ  މުޙައްމަދު ފަޒީލް ރަޝީދު ސަސްޕެންޑްކޮށްފި އެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން ބުނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީސީ ) އާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ކުރިޔަށް ގެންދާ ތަހުޤީޤަށް ފުރިހަމަޔަށް އެހީތެރިވުމުގެ ގޮތުން،  މިއަދުން ފެށިގެން އޭނާ އާއި ޙަވާލުކޮށްފައިވާ ހުރިހާ ޒިންމާ ތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑް ކުރެވިފައިވާކަމަށެވެ.

އެޗް.ޑީ.ސީ އާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ކުރިޔަށް ގެންދާ ތަހުޤީޤަށް ފުރިހަމަޔަށް އެހީތެރިވުމުގެ ގޮތުން މިކުންފުނީގެ ޑީ.އެމް.ޑީ މުޙައްމަދު ފަޒީލް ރަޝީދު މިއަދުން ފެށިގެން ހުރިހާ ޒިންމާ ތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ވަނީ ސަސްޕެންޑް ކުރެވިފައެވެ.

ބިންވެރިޔާ ސްކީމުގެ ލިސްޓުން ބޭރުން ގޯތި ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ޗެއާމަން ފިޔަވައި އެހެން ހުރިހާ ބޯޑު މެންބަރުން ވެސް މިއަދު ވަނީ ސަސްޕެންޑްކޮށްފައެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ފަޒުލް ރަޝީދު ވެސް ޕީސީބީން ވަކި ގޮތެއް އަންގަންދެން އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކުރެވިފައިވާ ކަމަށެވެ.

"ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގެ ބޭރުން ހުޅާމާލެއިން ގޯތިތަކެއް ދޫކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެޗް.ޑީ.ސީ ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ދައުރެއް ނެތް ކަމަށާއި އަދި ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް އޭނާ ކުރައްވާފައި ނުވާނެ ކަމަށް ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަނީ ވިދާޅުވެފައެވެެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު