Saturday, October 31
ހަތަރު މަހުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ފޮނުވައިފި

މިދިޔަ ހުކުރު ދުވަހުގެ ރޭ ކ.ގުރައިދޫގައި ނިޔާވި 4 މަހުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވީ މިއަދު 12:00 ގެ ފުލައިޓުގައި ކަމަށެވެ.

ޕޯސްޓްމޯޓަމް ހަދަން ނިންމީ ނިޔާވި ކުއްޖާގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ.

އެ ކުއްޖާ ޚަބަރު ހުސްވެފައި އޮތުމުން ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައީ އެ ރޭގެ 00:30 ހާއިރުއެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ކުއްޖާ އޮތީ ނިޔާވެފައެވެ.

ނިޔާވެފައި އޮތްއިރު، ކުއްޖާގެ ނޭފަތުން ލޭ އައިސްފައި ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

ކުއްޖާގެ ހަށިގަނޑު މާލެ ގެނައީ އެރޭގެ މެންދަމު 3:00 ހާއިރުއެވެ. ކުއްޖާގެ ހަށިގަނޑު މާލެ ގެނެސް، ޓެސްޓުތަކެއް ހެދުމަށްފަހު މިއަދާ ހަމައަށް ހަށިގަނޑު ބާއްވައިފައި އޮތީ މޯޗަރީގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު