Saturday, October 31
އޮޓޮޕްސީ ހެދުމަށްޓަކައި 4 މަހުގެ ކުއްޖާގެ ހަށިގަނޑު ދެތިން ދުވަސްތެރޭ ބޭރަށް ފޮނުވާލެވޭނެ: ފުލުހުން

މިދިޔަ ހުކުރު ދުވަހުގެ ރޭ ކ.ގުރައިދޫގައި ނިޔާވި 4 މަހުގެ ކުއްޖާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ރާއްޖެއިން ބޭރަށް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ނިޔާވި ކުއްޖާގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، ކުއްޖާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާކަން ފުލުހުން އިއުލާނުކުރީ މި މަހުގެ 14 ގައެވެ.

ފުލުހުންގެ އޮފިޝަލަކު މިރޭ '"ސަބަބު"' ނޫހަށް ވިދާޅުވީ ކުއްޖާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.

ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ ފޮނުވާލެވޭނެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ކުއްޖާ ޚަބަރު ހުސްވެފައި އޮތުމުން ސިއްހީ މަރުކަޒަށް ގެންދިޔައީ އެ ރޭގެ 00:30 ހާއިރުއެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ކުއްޖާ އޮތީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

ނިޔާވެފައި އޮތްއިރު، ކުއްޖާގެ ނޭފަތުން ލޭ އައިސްފައި ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

ކުއްޖާގެ ހަށިގަނޑު މާލެ ގެނައީ އެރޭގެ މެންދަމު 3:00 ހާއިރުއެވެ. ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައިވާއިރު، ޓެސްޓުތަކެއް ހެދުމަށްފަހު ހަށިގަނޑު ބާއްވައިފައި އޮތީ މޯޗަރީގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު