Saturday, October 31
ގުރައިދޫގައި ނިޔާވި 4 މަހުގެ ކުއްޖެއްގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ތަހުގީގުކުރަނީ

ކ.ގުރައިދޫގައި ރޭ މެންދަމު ނިޔާވި 4 މަހުގެ ކުއްޖެއްގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުންގެ ޚިދުމަތުން އެ މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ދެންމެ ބުނީ މި މައްސަލަ ފުލުހުންނަށް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށާއި، މި ކުއްޖާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން. ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ކުއްޖާ ޚަބަރު ހުސްވެފައި އޮތުމުން ސިއްހީ މަރުކަޒަށް ގެންދިޔައީ ރޭ 00:30 ހާއިރުއެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ކުއްޖާ އޮތީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

އެ ކުއްޖާގެ ނޭފަތުން ލޭ އައިސްފައި ހުރި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ރޭ މެންދަމު 3:00 ހާއިރު އެ ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައިވާއިރު، ޓެސްޓުތަކެއް ހެދުމަށްފަހު މިހާރު ހަށިގަނޑު ބާއްވައިފައި އޮތީ މޯޗަރީގައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު