Saturday, November 14
ދުންފަތް ކޮންޓްރޯލް ކުރުމަށް އެކުލަވާލާ ޕްލޭނަށް އާއްމުންގެ ޚިޔާލު ބޭނުން - ހެލްތު މިނިސްޓަރ

ދުންފަތް ކޮންޓްރޯލްކުރުމަށް ސަރުކާރުން އެކުލަވާލާ ފަސް އަހަރުގެ މާސްޓަރ ޕްލޭނަށް އާއްމުންގެ ޚިޔާލާއި މަޝްވަރާދެއްވުމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރަހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ހެލްތު މިނިސްޓްރީން އަދި ޓީވީމޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ "ދަފަރާ" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ.

ރޭ ގެ ޕެނަލް ޑިސްކަޝަންގެ މަޤްޞަދަކީ ދުންފަތް ކޮންޓްރޯލްކުރުމުގެ މާސްޓަރ ޕްލޭންއަށް ޚިޔާލުހޯދާ އެކަމާއި ގުޅޭގޮތުން މަޝްވަރަކުރުމެވެ. މިނިސްޓަރ ވިދާޅުވީ މި މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަން ލިބޭކަމަށާއި އެ ޖަމްއިއްޔާގެ ޓީމެއް މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ.

އެ ޖަމްއިއްޔާގެ އެހީތެރިކަން މިކަމަށް ލިބުނުނަމަވެސް ދުންފަތް ކޮންޓްރޯލް ކުރުމުގެ މާސްޓަރ ޕްލޭން އެކުލަވާލުމަކީ ރައްޔިތުންނާއި ގުޅުންހުރި ކަމަކަށްވާތީ ދިވެހި ރައްޔިތުންގެ ބައިވެރިވުން މިކަމުގައި އޮތުމަކީ ސަރުކާރުން ބޭނުންވާކަމެއްކަން މިނިސްޓަރ ވިދާޅުވިއެވެ. މި މާސްޓަރ ޕްލޭން އެކުލަވާލުމުގެ ބޭނުމަކީ ދެމެހެއްޓެނެވި ގޮތެއްގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމެވެ.

ދުންފަތުން މުޖުތަމައު ދުރުހެލި ކުރެވިއްޖެނަމަ ސިއްހީ ކަންކަމަށް ކުރަންޖެހޭ ފަރުވާގެ ޚަރަދު ކުޑަވެ، ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ތައުލީމާއި އެހެނިހެން ކަންކަމަށް ޚަރަދު ކުރެވޭނެ ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ކްއިޓްލައިނެއްވެސް ޤައިމްކޮށްފައެވެ. ނަންބަރަކީ 1676. މި ނަންބަރުން ދުންފަތަށް ދެވިހިފާފައިވާ ފަރާތްތަކަށް ހުއްޓަލުމަށް ބޭނުންވާ ފަރާތްތަކުން ކަންކުރަންވީގޮތުގެ އެހީތެރިކަން ލިބިގެންދާނެއެވެ. މި ނަންބަރުން 24 ގަޑިއިރު ޚިދުމަތް ލިބޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު