Saturday, October 31
ގަސްގަހާއި ޖަނަރަވާރުން ކަރަންޓީނުކުރުމުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ އިސްވެރިން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އިސްވެރިންނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ގަސްގަހާއި ޖަނަރަވާރުން ކަރަންޓީނުކުރުމުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުންނެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ބައްދަލުވުމުގައި މުއައްސަސާތަކުގެ މެދުގައި މަޢުލޫމާތު ޙިއްޞާކުރާނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ. މީގެ އިތުރުން، މި ދާއިރާގައި މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި ކުރިމަގުގައި ކުރެވިދާނެ ކަންތައްތައް ދެނެގަތުމަށްވެސް މަސައްކަތްކުރެވުނެވެ.

މި ބައްދަލުވުމަކީ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީނުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، މުއައްސަސާތަކުގެ މެދުގައި ގާތް ގުޅުމެއް ޤާއިމުކުރެވި، މަޢުލޫމާތު ބަދަލުކުރެވޭނެ ހަރުދަނާ ނިޒާމެއް އޮތުމަކީ މި ޚިދުމަތްތައް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމުގައި އެ ވުޒާރާއިން ފާހަގަކުރެއެވެ.

މި ބައްދަލުވުމުގެ ސަބަބުން ރާއްޖެއަށް އެތެރެކުރެވޭ ޖަނަވާރުތަކާއި ގަސްގަހާގެހީގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށާއި، މި ދާއިރާގައި ހަރަކާތްތެރިވާ އެކި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވޭ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު