އާދިއްތަ, November 1
ދިއްފުށީގައި ފުލުހުންގެ ހިދުމަތް ފަށައިފި

ކ. ދިއްފުށީގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުން އެ ރަށުގައި ގާއިމުވެތިބެ ޚިދުމަތް ދޭން ފަށައިފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ދިއްފުށި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ދިއްފުށި ކައުންސިލު ރައީސް އިބްރާހީމް ސުނިލްއެވެ.

ދިއްފުށި ޕޮލިސް ޕޯސްޓު ހުޅުވައި ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލު ރައީސް އިބްރާހީމް ސުނިލްއެވެ.

ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން ދިއްފުށި ކައުންސިލާއި މުއްސަސާތަކުގެ މުވައްޒަފުންނާއި އާންމު ބައެއް ރައްޔިތުން ބައިވެރިވެލެއްވިއެވެ.

ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، މި އަހަރުވެސް އިތުރު 23 ރަށެއްގައި އަލަށް ފުލުހުންގެ ހިދުމަތް ދޭން ފަށައިފައި ވާނެ ކަމަށް، އަދި މިވަގުތު މީހުން ދިރިއުޅޭ 147 ރަށެއްގައި ފުލުހުންގެ ހިދުމަތް ދެމުންދާކަމަށް ސީޕީ ވިދާޅުވެފައިވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު