އާދިއްތަ, November 1
ބްލެކްމެއިލްކުރި ފުލުސް މީހާ ހެކިނައްތާލާފައި ހުރި ކަމަށް ބެލެވޭ

ލޯބިވެރިޔާގެ ބަރަހާނާ ފޮޓޯތަކާއި ވީޑިއޯތައް ލީކުކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި އިންޒާރު ދިން މައްސަލައިގައި ހައްޔަރު ކުރި ފުލުސް މީހާ ހެކިނައްތާލާފައި ހުރި ކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލައިގައި މިދިޔަ މަހުގެ 14 ވަނަ ދުވަހު ހައްޔަރުކުރީ އއ. މަތިވެރި ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރި ރެކްރޫޓް ފުލުހެއް ކަމަށްވާ އެ ރަށު ފަޒާ، ޒައިދާން މުހައްމަދު (19އ) އެވެ.

މީގެ ކުރިންވެސް ޒައިދާންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ އިރު މިއަދު އަނެއްކާވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފަ އެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި މި މައްސަލާގައި ޒައިދާން ވަނީ ހެކި ނައްތާލުމަށް ފޯނުވެސް ނައްތާލައިފައި ކަމަށެވެ. އަދި އެކަމަށް ބާރުދޭ ހެކި ހުރިކަމަށްވެސް އަމުރުގައި ބުނެފައި ވެއެވެ.

އެ އަމުރުގައި އިތުރަށް ބުނީ ލިބިފައިވާ މެސެޖުތަކަށް ބަލާއިރު ލޯބިވެރިޔާގެ އޮރިޔާން ހުރި ފޮޓޯ ލީކުކުރާނެ ކަމަށާއި އަދި އޭނާގެ ބައްޕައަށް ވެސް ފޮޓޯތަށް ފޮނުވާނެ ކަމަށް ބުނެފައި ވެއެވެ.

އަދި ލޯބިވެރިޔާގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޖިސްމާނީ އަނިޔާ ކުރާނެ ކަމަށް ބުނެ ފައިސާ ދިނުމަށް ވެސް ޑިމާންޑް ކޮށްފައިވާ ކަމަށް އަމުރުގައި ބުނެފައި ވެއެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު