އާދިއްތަ, November 1
ސްޓެލްކޯއިން އެމްއެންޑީއެފްއަށް އަލިފާން ނިއްވާ ޑްރޯނަކާއި ޑީޕް ޓްރެކަރެއް ހަދިޔާކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް އަލިފާން ނިއްވާ ޑްރޯނަކާއި ޑީޕް ޓްރެކަރެއް ހަދިޔާކޮށްފި އެވެ.

ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ ފަރާތުން މިއަދު ވަނީ އުސްއިމާރާތްތަކުގެ އަލިފާން ނިންވުމުގައި އެހީތެރިވެދިނުމަށްޓަކައި ފެންޖެހުމަށް ބޭނުންކުރާ ޑްރޯން އަކާއި ކަނޑުއަޑީގެ ސާޗް އެންޑް ރެސްކިޔުގައި ބޭނުންކުރާ ވަޞީލަތެއް ކަމުގައިވާ ޑީޕް ޓްރެކަރއެއް އެމްއެންޑީއެފްއަށް ހަދިޔާކޮށްފައި ކަމަށެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި މިއަދު ހަދިޔާ ކުރެވުނު އަލިފާން ނިއްވުމަށް ބޭނުން ކުރާ ޑްރޯން އަކީ ފެން ހޮޅިއާއެކު 200 މީޓަރު އުހަށް ދަތުރު ކުރުމުގެ ޤާބިލްކަން ލިބިފައިވާ ޑްރޯންއެއް ކަަމަށެވެ.

އަދި ޑީޕް ޓެރެކާ އަކީ 200 މީޓަރު އަޑިއަށް ދަތުރުކޮށް ރޮބްޓިކް އާރމްއެއްގެ އެހީއާއެކު ކަނޑު އަޑިން ތަކެތި ނެގުމުގެ ޤާބިލްކަން ލިބިފައިވާ ވަޞީލަތެއްކަަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު