Saturday, October 31
ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ މާލީ ހަބެއް އެޅުމަށް ކިޔު.އެފް.ސީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ މާލީ ހަބެއް އުފެއްދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އިން ޤަތަރު ފައިނޭންޝަލް ސެންޓަރު (ކިޔު.އެފް.ސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ ވުޒާރާއިން ހާމަކުރާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ މެދުގައި އިޤުތިޞާދީ މަޢުލޫމާތު ބަދަލުކުރުމަށް މަގުފަހިވާނެ ކަމަށާއި، ކިޔު.އެފް.ސީން ފައިނޭންޝަލް މެނޭޖްމަންޓާއި ރެގިއުލޭޓަރީ ފްރޭމްވޯކްސް އަދި އޮޕަރޭޝަނަލް ސްޓްރެޓެޖީތަކުގެ ތަޖުރިބާ ދިވެހިރާއްޖެއާއި ހިއްސާ ކުރެވިގެންދާނެއެވެ. މި ޕާޓްނަރޝިޕަކީ ރާއްޖޭގައި ދެމެހެއްޓެނިވި މާލީ އިކޯސިސްޓަމެއް ބިނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ވެވުނު އެއްބަސްވުމެއް ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު