Saturday, October 31
މީޑިއާ ކައުންސިލް އިންތިޚާބު މި މަހުގެ 7 ގައި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިންތިޚާބު 2024 މި މަހުގެ 07 ވާ ހޮނިހިރު ދުވަހުގައި ބާއްވަން ތާވަލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ބުނީ މީޑިއާ ކައުންސިލުގެ 10 މެންބަރެއްގެ މުއްދަތު ހަމަވާތީ އެ ކައުންސިލަށް 10 މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު އޮންނާނީ 07 ޑިސެންބަރު ވާ ހޮނިހިރު ދުވަހު ކަމަށެވެ.

މި އިންތިޚާބުގެ ވޯޓުލުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 ން 11:00 އަށް، ސޯޝަލް ސެންޓަރުގެ ހަރުގޭގައެވެ.

މި އިންތިޚާބުގެ ކަންކަން ކުރިޔަށްދާ ގޮތް ބެލުމަށްޓަކައި އޮބްޒާވަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ވަނީ ހުޅުވާލައިފަވެ.

މިނިސްޓްރީން ބުނީ އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރި ވެވޭނީ ކޮންމެ ކެންޑިޑޭޓެއް ނޫނީ އިދާރާއެއް ނުވަތަ ޖަމްއިއްޔާ ޖަމާއަތެއް ތަމްސީލް ކުރާ އެއް ފަރާތަށް ކަމަށެވެ.

އޮބްޒާވަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންޖެހޭ ފޯމު ވަނީ އިއުލާނާއެކު އެއްކަރުދާސްކޮށްފައެވެ.

ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 04 ވާ ބުދަ ދުވަހުގެ މެންދުރު 13:30 އެވެ. އޭގެކުރިން އެ މިނިސްޓްރީގެ ރިސެޕްޝަން (ސޯޝަލް ސެންޓަރގެ ގްރައުންޑް ފްލޯ) އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މީގެއިތުރުން ޔޫތު މިނިސްޓްރީގެ އީމެއިލް media@youth.gov.mv މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު