އާދިއްތަ, November 1
ކެލާގައި ސިހުރު ހެދިކަމުގެ ތުހުމަތުކުރެވޭ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް

ހއ. ކެލާގައި ސިހުރު ހެދިކަމުގެ ތުހުމަތުކުރެވޭ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

މިކަމާއި ބެހޭގޮތުން ފުލުހުން "ސަބަބަށް" މައުލޫމާތު ދެމުން ބުނެފައިވަނީ، ފުލުހުންނަށް ލިބިފައިވާ ޝަކުވާ ތަކަކާއި ގުޅިގެން ހއ. ކެލާގެ 9 ތަނެއް މިއަދު ބަލާފާސްކުރެވިފައިވާ ކަމަށެވެ.

އަދިި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސް މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި އެ ރަށުގެ ބައެއް ގޭގޭ ފާސްކޮށް ސިހުރު ހަދަން ބޭނުން ކުރާ ކަމަށް ބެލެވޭ ބައެއް އާލަތްތަކާއި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.

އަދި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ސިހުރު ޖެހިގެން އެ ރަށުން ބަޔަކު ވަރަށް ބޮޑަށް ބަލިވުމާއި ގުޅިގެން ކަމަށް ރިޕޯޓުތަކުން ބުނެފައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު