ވައިގަދަވެ ކަނޑުތަށް ގަދަވާނެކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން، މި އަތޮޅުތަކަށް ހުދު ސަމާލު ނެެރެފައިވަނީ މިއަދު ހަވީރު 4:15 އިން ފެށިގެން މިރޭ 22:00 އާއި ހަމައަށެވެ.
މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާ 24 މޭލަށް ވައި ގަދަވާނެކަމަށެވެ.
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ދަތުރަށް ނިކުތުމުގެ ކުރިން، ދުރާލާ މޫސުން އޮތްގޮތް ބެލުމާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.
ރާއްޖޭގެ އިރުން ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑާއި، ރާއްޖެއާއި ދުރުން ރާއްޖޭގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން 27 ނޮވެންބަރު ވާ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ސަރަހައްދަށް އާންމު ވައި ބާރުވާނެ ކަމަށާއި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށް ކުރިން މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މި ލިޔުން ކިޔާލުމުން