އާދިއްތަ, November 1
އައްޑޫ ސިޓީގެ 5 ގެއެއްގެ ފުރާޅު އެއްލާލާ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގެ 5 ގެއެއްގެ ފުރާޅު ވަޔާ އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ، ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރޭ އައްޑޫ ސިޓީއަށް ކުރި ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑުގައި، އައްޑޫ ސިޓީ، މަރަދޫގެ ގެޔަކާއި، މަރަދޫފޭދޫގެ ގެއެއްގެ އިތުރުން، ފޭދޫގެ ދެ ގެއެއް، އަދި ހުޅުދޫގެ ގެއެއްގެ ފުރާޅު ވަޔާ އެކު މަގުމައްޗަށް އެއްލާލާފައިވާ ކަމަށެވެ.

އެ 5 ގޭގެ ފުރާޅު އެެއްލާލުމާ ގުޅިގެން ފުރާޅު މަގުމަތިން އެއްފަރާތްކޮށް، ފުރާޅު ހެދުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު