އާދިއްތަ, November 1
ހުޅުމާލެ ޕޮލިސް އާއި ހިޔާ ޓަވަރު ގައި ދިރިއުޅޭ ރައްޔިތުންނާއި ގުޅިގެން، ކެއުމެއް ބާއްވައިފި

ހުޅުމާލެ ޕޮލިސް އާއި ހިޔާ ޓަވަރު 9 އަދި 10 ގައި ދިރިއުޅޭ ރައްޔިތުންނާ ގުޅިގެން، "އަވައްޓެރިންގެ ނާސްތާ" ގެ ނަމުގައި ކެއުމެއް ބާއްވައިފި އެވެ.

ފުލުހުން ބުނިގޮތުގައި މި ހަރަކާތަކީ ފުލުހުންނާއި ރައްޔިތުންގެ ގުޅުން ބަދަހިކުރުމުގެ މުހިންމު މަސައްކަތެއް ކަމަށެވެ.

މި ހަރަކާތަކީ ފުލުހުންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ހިޔާ ސަރަހައްދު އަމާން އަދި ރައްކާތެރި މާޙައުލަކަށް ހެދުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ބައެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަދި މިފަދަ ކޮންމެ ހަރަކާތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ފުލުހުން ވަނީ ރައްޔިތުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައި އެވެ.

މި ފަދަ މަސައްކަތްތަކަކީ މުޖުތަމައުގެ ރައްކާތެރިކަމާއި ހަމަޖެހުމަށް މަގުފަހިކޮށްދޭނެ މުހިންމު ހަރަކާތްތަކެއް ކަަމަށް ފުލުހުން ބުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު