އާދިއްތަ, November 1
ކާރެއްގައި ރޯކޮށްލި މައްސަލާގައި ހައްޔަރުކުރި ދެ މީހުން ބަންދުގައި ބައިތިއްބަން އަމުރުކޮށްފި

މާލޭ ހިޔާތެރޭގައި ޕާކު ކޮށްފައި އޮތް ކާރެއްގައި ރޯކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

އެ މައްސަލައިގައި ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައި ވަނީ މ. އަރާރަތްކުރި، ހާލިދު މަހްމޫދު، 35، އާއި އދ. މާމިގިލި ބްލޫވިންޑް، ހަސަން ނަސީމް، 31، އެވެ.

މި ދެމީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ މިދިޔަ ހޯމަ ދުވަހުގެ އިރުއޮއްސި 6:25 ހާއިރު ބުރުޒުމަގު ސިނަމާލެ 1 ގެ ޕާކިން ޒޯންގައި ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލިކަމުގެ ތުހުމަތެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް ދައުރުވެފައިވެ އެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު