އާދިއްތަ, November 1
މާލޭގެ 9 ކެފޭއެއް ބަލައި، ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ މަސައްކަތް އަދިވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގައި ހިންގަމުންދާ 9 ކެފޭއެއް އިއްޔެ ވެސް ވަނީ ބަލައި ފާސްކުރެވިފައި ކަމަށެވެ.

އަދި މި ކެފޭތަކުން ސައްހަ ވިސާއެއް ނެތި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 4 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

މި ސަރުކާރުން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހައްޔަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދާ ބިދޭސީންގެ މަސައްކަތްތައް ހުއްޓުވައި ގަވައިދާ ހިލާފަށް ކުރަމުންދާ ވިޔަފާރިތައް ދަނީ ބަންދުކުރަމުންނެވެ.

އިމިގްރޭޝަނުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި ފެށި އޮޕަރޭޝަނުގައި ވަނީ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 4،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު