ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ މުއްދަތު އަންނަ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކުރުމަށް ފާސްކޮށްފިއެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ޑިސެމްބަރު 15 ގެ ނިޔަލަށް ދައުރުގެ މުއްދަތު އިތުރުކުރުމަަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން ނިންމީ މަޖިލީހުގައި ނިންމަން މުހިންމު މަަސައްކަތްތަކެއް ހުރުމާ ގުޅިގެންނެވެ.
ގަވާއިދުގައިވާ ގޮތުން ތިން މަހުގެ ޗުއްޓީއަކަށްފަހު ކޮންމެ އަހަރެއްގައި ވެސް މަޖިލީހުގެ ފުރަތަމަ ދައުރު ފަށާނީ ފެބްރުއަރީ 01 ގައެވެ. 15 މެއިގެ ނިޔަލަށް އެ ދައުރު ކުރިއަށްދާއިރު، ދެވަނަ ދައުރު ކުރިއަށްދާނީ 01 ޖޫންއިން 15 އޮގަސްޓުގެ ނިޔަލަށެވެ.
މި ލިޔުން ކިޔާލުމުން