Saturday, October 31
ލަންކާ މަސްބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

މަކުނުދޫ ބޭރުގައި އުޅެނިކޮށް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ރޭގެ ވަގުތެއްގައި ގެނެވުނު ސްރީލަންކާގެ މަސްބޯޓަކުން، ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، ހދ. މަކުނުދޫގެ ބޭރުން ލަންކާ މަސް ބޯޓެއް ކަމަށް ބެލެވޭ ބޯޓެއް ހުއްޓުވާ ކޯސްޓް ގާޑުގެ ބެލުމުގެ ދަށުން ހދ. ކުޅުދުއްފުށި ބަނދަރަށް ގެންދިޔަ ކަމަށް ރޭ ދަންވަރު 12:45 ހާއިރު އެމްއެންޑީއެފް އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ޝުޖާއު ވިދާޅުވީ އެއީ "އަށެންކުތަ" ނަމަކަށް ކިޔާ ބޯޓެއް ކަމަށާއި އޭގައި ތިބީ ފަސް ފިރިހެނުން ކަމަށެވެ. އެންމެންނަކީ ވެސް ލަންކާ މީހުން ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މި މަސްބޯޓުން 400 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ޕްރެލިމިނަރީ ނަތީޖާތައް ދައްކާ ގޮތުން އޭގެ ތެރޭގައި 344 ކިލޯގެ މެތު އަދި 124.6 ކިލޯގެ ކޮކެއިން ފެނިފައިވާ ކަމަށެވެ.

އަދި މި ތަކެތީގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާނެ ކަަމަށް ޝުޖާއު ވިދާޅުވި އެވެ.

މިއީ މިވަގުތު ހިއްސާކުރެވެން ހުރި މައުލޫމާތު ކަމަށާއި އަދި ތަހުގީގު ކުރިއައްދާ ވަރަަކުން މައުލޫމާތު އިތުރަށް ހާމަކުރައްވާނެ ކަަމަށް ކޮމިޝަނަރ ވިދާޅުވި އެވެ.

 

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު