Saturday, October 31
ކަނޑުހުޅުދޫގައި މާރާމާރީއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

ގއ. ކަނޑުހުޅުދޫގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާ ވެއްޖެ އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ގއ. ކަނޑުހުޅުދޫގައި ދެމީހެއްގެ މެދުގައި މާރާމާރީއެއް ހިނގި މައްސަލައެއް ރޭ 9.37 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ ދެމީހުންނަކީ 37 އަހަރާއި 40 އަހަރުގެ ދިވެހި ދެފިރިހެނުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެ ދެމީހުންނަށް އަނިޔާވެފައި ވާކަމާއި، ދެމީހުންނަށްވެސް ގއ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުން ކަަމަށެވެ.

މައޫލޫމާތު ލިބޭ ގޮތުގައި، އަނިޔާވި އެކަކުގެ ކޮނޑު ކަށިގަނޑާ ހަމައިން ތިން އިންޗި ކަފައިގެން ގޮސް، މުލަށްދަނޑިން ވެސް ތިން އިންޗި ކަފައިގެން ގޮސްފައި ވެއެވެ. އަދި ދެން ޒަހަމުވި މީހާގެ ބޮލުގެ ފުއްކިބައިން ކަފައިގެން ގޮސް، އޭނާގެ ކޮނޑުހުޅަށް ވެސް ވަނީ އަނިޔާވެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު