އާދިއްތަ, November 1
އޭސެސް އެވޯޑްސް 2024 ގެ "މޯސްޓް އިންސްޕަޔަރިންގ އެގްޒެކެޓިވްސް" ގެ ތެރޭގައި ސްޓެލްކޯގެ އެމް.ޑީ

އޭޝިއަން ކޯޕަރޭޓް އެކްސެލަންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2024ގެ "މޯސްޓް އިންސްޕަޔަރިންގ އެގްޒެކެޓިވްސް"ގެ ތެރޭގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ، ޙުސައިން ފަހުމީ ހިމެނިއްޖެއެވެ.

1998 ވަނަ އަހަރުގެ އެކައުންޓް އެސިސްޓަންޓް ޓްރެއިނީއެއްގެ ގޮތުގައި ސްޓެލްކޯ އާއި ގުޅިވަޑައިގަތުމަށްފަހު ފަހުމީ ވަނީ އެކި އެކި ފެންވަރުގައި އެ ކުންފުނީގެ މުހިންމު މަޤާމުތައް ފުރުއްވައިފައެވެ. އޭނާއަކީ އެކައުންޓަންސީ އާއި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާތަކުން ދެ މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ، ހަކަތައިގެ ސިނާޢަތުގެ 26 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އޭސެސް އެވޯޑްސްގެ މި ޝަރަފުވެރި އެވޯޑަކީ ރާއްޖޭގެ ކުންފުންނެއްގެ ވެރިއަކަށް މީގެ ކުރިން ލިބިފައިވާ އެވޯޑެއް ނޫންކަން ފާހަގަކޮށްލެވެއެވެ. ފަހުމީއާއެކު ސްޓެލްކޯއަށްވެސް ވަނީ ޝަރަފުވެރި އެވޯޑެއް ލިބިފައެވެ. މިގޮތުން އެ ކުންފުންޏަށް ވަނީ އިންޑަސްޓްރީ ޗެމްޕިއަން 2024ގެ އެވޯޑު ލިބިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު