ބޭނުންވާނެ ތަކެތި:
1 މެދު ސައިޒުގެ ފިޔާ
1 ގިތެޔޮ މިރުސް
1 މެދު ސައިޒުގެ ލުނބޯ
1 ދަޅު މަސް (ތެލާއެކު)
4 ޕެކެޓު މަމީ ނޫޑްލްސް
2 ސޫޕް ޕެކެޓު (ނޫޑްލްސް ޕެކެޓު ތެރޭގައި އޮންނަ)
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ފިޔާ އަދި މިރުސް ހިމުންކޮށް ކޮށާލުމަށްފަހު، އޭގެ ތެރެއަށް ލުނބޯ ހުތާއި މަސްދަޅު އެޅުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު ހޫނު ފެން ކެއްކުމަށްފަހު، އޭގެ ތެރެއަށް ސޫޕް ޕެކެޓާއެކު ނޫޑްލްސް އަޅާފައި ނޫޑްސްލް މަޑުވަންދެން ކައްކާށެވެ. ނޫޑްލްސް މަޑުވުމުން، މަސްގަނޑާ އެއްކޮށްލުމަށްފަހު ތަވާގައި ފިހެލާށެވެ. އެއް ފުށް ފިހެވުމުން އަނެއް ފުށަށް ޖެހުމަށްފަހު، އަޑީ ފުށްވެސް ރަނގަޅަށް ފިހެލާށެވެ.
މި ލިޔުން ކިޔާލުމުން