އާދިއްތަ, November 1
މިއޮތީ އިސްތަށިގަނޑު ވަރުގަދަކޮށް ރަނގަޅު ކޮށްލުމަށް ގޭގައި ދެވޭނެ ވަރަށް ރަނގަޅު ފަރުވާ އެއް

ދުޅަހެޔޮ އިސްތަށިގަނޑެއް ބެހެއްޓުމުގައި ޑައިޓްގެ މުހިންމު ދައުރެއް އޮތް ނަމަވެސް، އިސްތަށިގަނޑަށް ފަރުވާ ދިނުމުގައި ރޫޓިންގައި އެކަށީގެންވާ ތެލެއް ހިމެނުމަކީ އިސްތަށިގަނޑު ވަރުގަދަ ވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ޒަމާނުއްސުރެ މީހުން ހަންގަނޑާއި އިސްތަށިގަނޑަށް ލިބޭ ކަމަށް ބުނާ ފައިދާތަކަށްޓަކައި އަލުވި އާއި ލޮނުމެދު އަދި ފިޔާ ތެޔޮ ފަދަ ގޭތެރޭގެ ފަރުވާތަކަށް އެނބުރެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.މިފަހަރު މިގެނެސްދެނީ އެބާވަތް ތަކުން ތައްޔާރު ކޮށްލެވޭނެ މޮޅު ތެލެކެވެ.

ބޭނުންވާ ތަކެތި:

1-ފިޔާ

4-2 ލޮނުމެދު

ތައްޔާރު ކުރާނެގޮތް:

ފިޔާ އަދި ލޮނުމެދު ކުދިކޮށް ކޮށާލާފަަައި ތައްޓެއް ގައި އޮލިވް އޮއިލްކޮޅަކާއި އެކުކޮށްލާށެވެ،އެއަށްފަހުު އުނދުންމަތީގައި 15މިނެޓް ވަންދެން ކައްކާލާށެވެ.ދެން ތެޔޮކޮޅު ކެކުނީމައި ނަގާފައި ފުރާނާލާފައި ،އެއަށްފަހު ހިހޫވެލަންދެން ބަހައްޓާލާށެވެ.

ބޭނުން ކުރާނެގޮތް:

ހިހޫވުމުން ތެޔޮކޮޅު އިސްތަށިގަނޑާއި ބޮލުގެ އެތެރޭގެ ހުރިހައި ދިމާލެއް ގައި ރަނގަޅަށް މަސާޖުކޮށްލާށެވެ.މަސާޖުކޮށްލާފައި 30 މިނެޓު ނުނީ 1 ގަޑިއިރު ވަންދެން ބަހަށްޓާލާފައި ރީތިކޮށް ޝޭންޕޫލައިގެން ދޮވެލާށެވެ .މިގޮތައް މި ތެޔޮ ހަފްތާއަކު 2 ނުވަތަ 3 ފަހަރު ބެނުން ކޮށްލާށެވެ.އިސާހިތަކު ރީތި ވަރުގަދަ އިސްތަށިގަނޑެށް ލިބިގެން ހިނގައިދާނެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު