އާދިއްތަ, November 1
ސަބަބު ރެސިޕީ: ބާސްކް ބާންޓް ޗީޒްކޭކު

ބާސްކް ބާންޓް ޗީޒްކޭކަކީ ޗީޒްކޭކުތަކުގެ ތެރެއިން ތައްޔާރުކޮށްލަން އެންމެ ފަސޭހަ އެއް ބާވަތެވެ. އަދި ރަހަވެސް އެހާ މީރު، އެންމެންނަށްވެސް ކަމުދާނެ ފޮނި އެއްޗެކެވެ.

ބޭނުންވާނެ ތަކެތި:

1 ކިލޯ ކްރީމް ޗީޒް

7 ބިސް

2 ޖޯޑު ހަކުރު

1 މޭޒުމަތީ ސަމުސާ ފުށް

200 މިލިލީޓަރު ވިޕިންގ ކްރީމް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ 10 އިންޗުގެ ކޭކު ފިހާ ޓްރޭއެއްގައި އަރިމަތިން ތިން ވަރަކަށް އިންޗު ބޭރަށް ހުންނަ ގޮތަށް ޕާޗްމަންޓް ޕޭޕަރުން ލައިންކޮށްލާށެވެ. އެއިރުން ފަހުން ޗީޒްކޭކު ޓްރޭއިން ނަގަން ފަސޭހަވާނެއެވެ.

ދެން ބޮޑު ލޯގަނޑެއްގައި ކްރީމް ޗީޒް އޮމާންކޮށް ގިރާލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ބިހާއި، ހަކުރާއި، ފުށް އަދި ވިޕިންގ ކްރީމްވެސް އަޅާލުމަށްފަހު އޮމާންވަންދެން ގިރާލާށެވެ.

ދެން ޗީޒްކޭކު ބެޓަރ ކުރިން ތައްޔާރުކުރި ބޭކިންގ ޓްރޭއަށް އެޅުމަށްފަހު، 210 ޑިގްރީ ސެލްސިއަސްގައި 35-50 މިނެޓަށް ފިހެލާށެވެ. ޗީޒްކޭކުގެ މަތި އެނދުމުން އަވަން ނިއްވާލާށެވެ. ޗީޒްކޭކު އަވަނުން ނަގާއިރު ފުރަތަމަ ހުންނާނީ ވަރަށް އޮލަކޮށެވެ. އެކަމަކު ފަހުން ކޭކު ސެޓުވާނެއެވެ.

ކޭކު ކުޑަކޮށް ހިހޫވަންދެން ބެހެއްޓުމަށްފަހު، 6 ގަޑިއިރު ވަންދެން ފުރިޖަށް ލާފައި ފިނިކުރުމަށްފަހު ދެން ސާވްކުރާށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު